
ސީނުކަރައިގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ ވަފުދެއް ރާއްޖޭގައި..
ސީނުކަރަ (ޗައިނާ) ގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ ވަފުދެއް ރާއްޖެ އަތުވެއްޖެއެވެ.
ހަތަރު ދުވަހުގެ މިދަތުރުގައި ރާއްޖޭގެ އޮޑިޓް އޮފީސް ހިނގާ ގޮތް ބަލައި، ދެވެން ހުރި ފަންނީ އަދި ޓެކްނިކަލް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ރާއްޖޭގެ ފަރާތުންވެސް އެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް އެފަދަ އެހީތެރިކަން ދިނުމަށް ހަމަޖެހިފައިވާ އިރު، ދަތުރުގެ މުއްދަތުގައި ސީނިކަރައިގެ ވަފްދުގެ ބޭފުޅުން މަސައްކަތް ކުރައްވާނީ ރާއްޖޭގެ އޮޑިޓަރ ޖެނެރަލްސް އޮފީހުގައެވެ.
ސީނުކަރައިގެ އޮޑިޓް އޮފީހުގެ މި ވަފުދުގައި އެ އޮފީހުގެ ޑިރެކްޓަރ ޖެނެރަލުންގެ ފެންވަރުގެ ތަޖުރިބާކާރު ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.



