
އެމްޓީސީސީގެ ޑަބަލް ޑެކް ފެރީއާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެއްޖެ
އެމްޓީސީސީގެ ޑަބަލް ޑެކް ފެރީއާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
މަޢުލޫމާތު ލިބޭގޮތުގައި ހުޅުމާލެއާއި މާލެއާއި ދެމެދު ދަތުރުކުރާ މި ފެރީ އާއި ލޯންޗުޖެހި އެކްސިޑެންޓް ހިނގީ ދޫނިދޫއާ ހިސާބުގައި މިރޭ 6:10 ހާއިރު އެވެ. އަދި އެ ލޯންޗަކީ ވަން އެންޑް އޮންލީ ރިސޯޓުގެ ލޯންޗެއް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިއެކްސިޑެންޓުގައި އެއިން އެއްވެސް އުޅަނދަކަށް މާބޮޑު ގެއްލުމެއް ލިބުނު ކަމެއްވެސް އަދި އެ ދެ އުޅަނދުން ދަތުރުކުރި މީހަކަށްވެސް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިހާދިޘާ ހިނގަން މެދުވެރިވި ސަބަބު ސާފުވާ ގޮތް ނުވިނަމަވެސް ފުލުހުން ބުނީ ފެރީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.



