
ހުރާ ސްކޫލުގެ ކެޑޭޓުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ކުރިއަށްގެންގޮސްފި
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، މާފުށީ ފަޔަރ ސްޓޭޝަނުން ހުރާ ސްކޫލުގެ ކެޑޭޓުންނަށް ފަޔަރ އެވެއަރނެސް ކުލާހެއް ކުރިއަށްގެންގޮސްފިއެވެ.
އެ ސްކޫލުގައި މިއަދު ކުރިއަށްގެންދިޔަ މި ސެޝަނުގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެގޮތް ފަދަ މުހިންމު މަޢުލޫމާތުތައް ކިޔައިދީފައި ވެއެވެ.
އެ ސްކޫލުގެ 27 ސްކައުޓުން ބައިވެރިވި މި ސެޝަނުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.



