ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު (ޑިފެންސް މިނިސްޓަރ) އާދަމް ޝަރީފް ޢުމަރު މުފްތީ އިސްމާޢީލް މެންކް އާބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުމުގައި ދީނީ ހައްދުފަހަނައަޅައި ދިއުމާއިގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ އިރު، މިކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް މުފްތީ ވަނީ ވިދާޅުވެފައެވެ.
ޢިލްމްޓޯކްސް ގެ ދަށުން ދަރުސްދެއްވުމަށް ރާއްޖެވަޑައިގެން އުޅުއްވާ މުފްތީ ވަނީ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވާފައެވެ. އަދި ހުކުރު ދުވަހު ރޭ އިސްލާމީ މަރުކަޒުގައި ދަރުހެއްވެސް ދެއްވާފައެވެ.