ކުކުޅުގެ ނަޖިހުން ކާދު ތައްޔާރު ކުރުން (1)

ޖަނަވާރުގެ ނަޖިހަކީ މީގެ އެތައް ޤަރުނެއް ކުރިން ފެށިގެން ގަސްކާނާގެ ގޮތުގައި ގަސްތަކަށް ފޯރުކޮއްދެމުން ގެންދާ ބާވަތެކެވެ. މީގެ ތެރެއިންވެސް ކުކުޅުގެ ނަޖިހަކީ އޭގައި އެކުލެވޭ ނައިޓްރިޖަންގެ މިންވަރު އިތުރުވުމުގެ ސަބަބުން ދަނޑުވެރިންގެ މެދުގައި ވަރަށް ބޮޑަށް މަޤުބޫލު ބާވަތެކެވެ.

މީގެ އިތުރުންވެސް ކުކުޅުގެ ނަޖިހަކީ ފަސްގަނޑު މުއްސަނދި ކުރުމަށް ބޭނުންވާ ވަރަށް ގިނަ މާއްދާތައް ހިމެނޭ ބާވަތެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭން ބޭރުން އެތެރެކުރާ ތައްޔާރީ ގަސްކާނާގައި ކުކުޅުގެ ނަޖިސް ބޭނުންކުރާ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުކުޅުގެ ނަޖިހުގައި ހިމެނޭ ގަހަށް ބޭނުންވާ ތަފާތު މާއްދާތައް ހިމެނޭ މިންވަރު އިތުރުވުމެވެ.

ދަނޑުތައް ތައްޔާރު ކުރާއިރު ފަސްގަނޑަށް އެއްކުރާ ކުކުޅު ނަޖިހުގެ މިންވަރު ބިނާވަނީ އެދަނޑެއްގައި ހައްދަން ގަސްތުކުރާ ބާވަތެއްގެ ގަހަށް ނައިޓްރިޖަން ބޭނުންވާ މިންވަރާއި ބޭނުންކުރާ ނަޖިހުގައި ނައިޓްރިޖަން ހިމެނޭ މިންވަރަށެވެ. އަދި ކުކުޅުގެ ނަޖިހަކީ ނިމަޓޯޑް (މޫގޮށްޖައްސާ ޖަރާސީމު) ކޮންޓްރޯލް ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ.

ކުކުޅު ނަޖިހުގައި ގަހަށް ބޭނުންވާ މާއްދާތައް އެކުލެވޭ މިންވަރު:

އާންމު ގޮތެއްގައި ކުކުޅު ނަޖިހުގައި ގަހަށް ބޭނުންވާ މާއްދާތައް އެކުލެވޭ މިންވަރު ތިރީގައި އެވަނީ އެވެ.

ކުކުޅުގެ ނަޖިސް ކީސްކުނޑިއާއެކު

ނައިޓްރިޖަން

ނަގާވަގުތު ތާޒާކޮށް : 26

އެއްއަހަރު ފަހުން : 72

އެމޯނިއަމް

ނަގާވަގުތު ތާޒާކޮށް : 10

އެއްއަހަރު ފަހުން : 11

ޕޮސްފޮރަސް

ނަގާވަގުތު ތާޒާކޮށް : 17

އެއްއަހަރު ފަހުން : 78

ޕޮޓޭސިއަމް

ނަގާވަގުތު ތާޒާކޮށް : 11

އެއްއަހަރު ފަހުން : 46

ދިމާވެދާނެ ގޮންޖެހުންތައް

ކުކުޅުގެ ނަޖިހަކީ ގަހަށްބޭނުންވާ އެކި މާއްދާތަކުން މުއްސަނދި އެއްޗަކަށް ވުމުން އެކަށީގެންވާ ގޮތަށް ބޭނުން ނުކުރެވިއްޖެނަމަ ދަނޑަށް ނުވަތަ ގަސްތަކަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަޖިސް ފީވަމުން އަންނަ ދުވަސްވަރު އުފެދޭ ހޫނުގެ ސަބަބުން ގަސްތަކުގެ މޫތައް ހަލާކުވެއެވެ. އަދި ކުކުޅުގެ ނަޖިހުގައި ހިމެނޭ އިންސާނުންނަށް ނުރައްކާ ކުރުމުގެ ޤާބިލްކަން ލިބިފައިވާ Salmonella spp އަދި E.coliގެ ސަބަބުން އިންސާނުންގެ ޞިއްޙަތަށް ނުރައްކާ ކުރުމުގެ ފުރުޞަތުވެސް ބޮޑެވެ. ކަންމިހެން ހުރުމާއެކު ކުކުޅުގެ ނަޖިސް ހުރިގޮތައް ބޭނުން ކުރުމުގެ ބަދަލުގައި ގަދަހޫނުގައި ބަހައްޓައިގެން ކާދަށް ހެދުމަށްފަހު ގަސްކާނާގެ ގޮތުގައި ބޭނުން ކުރުން ރައްކާތެރި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.