ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ދަމަނަވެއްޓާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި ޓައިނީ ހާރޓްސް ގުޅިގެން ބާއްވާ މި ޕްރޮގްރާމް އޮންނާނީ މާދަމާ ހަވީރު 16:00ން 18:00އަށް ދަމަނަވެށީގައެވެ.
މި ޕްރޮގްރާމުގައި ލޭގައި ހަކުރުހުރި މިންވަރު ބެލުމާއި ލޭގެ ޕްރެޝަރ ބެލުމާއި ހިތުގެ ބަލީގެ ހިރާސް ބަލައިދޭނެ ކަމަށް ދަމަނަވެށިން މަޢުލޫމާތު ދެއެވެ. އަދި އިސްކޮޅާއި ބަރުދަނާ ގުޅުންހުރި މިންވަރު ބެލުން ( BMI ޗެކް ކުރުން) އަދި ހިތުގެ ބަލިތަކާއި ގުޅުންހުރި ސިއްޙީ މަޢުލޫމާތުވެސް ދިނުމަށް ވަނީ ނިންމާފައެވެ.
މާދަމާ ހެލްތު ސްކްރީން ކުރުމަށް ވަޑައިގަންނަވާއިރު، ރަތްކުލައިގެ އެއްޗެއް ލައިގެން އައުމަކީ އެދެވިގެންވާ ކަމެއް ކަމަށްވެސް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.