ސޮނޭވާ ޖާނީ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެރިސޯޓްގެ ރެސްޓޯރަންޓް އަނދާ ހުލިވެއްޖެ

ސޮނޭވާ ޖާނީ ރިސޯޓްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެ ރިސޯޓްގެ ރެސްޓޯރަންޓް އަނދާ ހުލިވެއްޖެ އެވެ.
ފުލުހުން ބުނީ ނ. އަތޮޅުގައި ހިންގާ އެ ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 2:04 ހާއިރު ކަަމަށް ވެސް ބުންޏެވެ.
އަލިފާން ނިއްވުމުގެ މަަސައްކަތުގައި ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އަދި ރިސޯޓް މުވައްޒިފުން ގުޅިގެން ވަނީ މަަސައްކަތް ކޮށްފަ އެވެ.
އާންމުވެފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ރޯވެފައިވަނީ ސޮނޭވާގެ މޫދު ކޮޓަރިތަކާއި ކައިރީގައިވާ ރެސްޓޯރަންޓްގަ އެވެ. އެތަން ވަނީ ވަރަށް ބޮޑަށް އަނދާފަ އެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު ރެސްޓޯރަންޓް ވަނީ އެކަށް އަނދާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.