ޖަމިއްޔަތުއް ރަޙްމާގެ ”ޢިލްމުޓޯކް 2016″ގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގަންނަވާ ޒިމްބާބުވޭގެ މުފްތީ ޑރ. އިސްމާއިލް މެންކް ހުކުރު ޚުތުބާ ވިދާޅުވުމަށް މިހާރު ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
މިކަން ވަނީ ޖަމްޢިއްޔަތުއް ރަޙުމާއިންނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެޢަޒުން ކަށަވަރު ކޮށްދީފައެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ އަޙްސަން ވިދާޅުވި ގޮތުގައި މިކަން މިގޮތަށް ހަމަޖެއްސީ ވަރަށް ގިނަ ޢާންމު ރައްޔިތުން މިކަމަށް އެދެމުންދާތީއާއި އަމިއްލަ ބައެއް ޖަމްޢިއްޔާތަކުން މިނިސްޓރ އަޙްމަދު ޒިޔާދު އާ ބައްދަލުކޮށް އެކަން އެެގޮތަށް ކޮށްދިނުމަށް އެދެމުންދާތީ ކަމަށެވެ.