މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން ޤާސިމް އިބްރާހީމް އިޢުލާން ކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވާކަން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއަރމަން ޤާސިމް އިބްރާހީމް ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.
ޤާސިމް ވިދާޅުވީ މޫސާ ޢަލީ ޖަލީލަކީ ޤައުމީ ޚިދުމަތުގެ ފަޚުރުވެރި ރެކޯޑެއް އޮތް، މި ޤައުމުގެ ދިފާޢުގައި އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ޚާއްޞަ ގޮތެއްގައި 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ޤައުމު ސަލާމަތްކުރުމަށް މޫސާ ޢަލީ ޖަލީލު ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅު ޤާސިމް ފާހަގަކުރެއްވިއެވެ. އެދުވަހު ދުޝްމަނުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތީ އަމިއްލަ މޭފުޅު އައްޑަނައެއްގެ ގޮތުގައި ބޭނުންކުރައްވައިގެން ކަމަށާއި، އެއީ އެމަނިކުފާނުގެ ޤައުމީ ޢަޒުމާއި އިޚްލާޞްތެރިކަން ހުރި މިންވަރު ސާބިތުކޮށްދޭ ކަމެއް ކަމަށް ޤާސިމް ވިދާޅުވިއެވެ

މޫސާ ޢަލީ ޖަލީލަކީ ދައުލަތުން އަރުވާފައިވާ ”ނިޝާން ޢަސްކަރީގެ ޢިއްޒަތުގެ ވެރިއެއް“ ކަން ފާހަގަކުރައްވަމުން، ޤާސިމް ވިދާޅުވީ އެމަނިކުފާނަކީ ކޮންމެ ސަރުކާރަކުން ހަވާލުކުރެއްވި ވަޒީފާއެއްގެ ވާޖިބުވެސް ތެދުވެރިކަމާއެކު އަދާކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ފަސްބައިގައި އެއްވެސް ކިލަނބުކަމެއް ނެތް ކަމަށާއި، އެއީ އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަޚްޞިއްޔަތެއް ކަމަށްވެސް ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.