އެއްވެސް ފަރުދަކު ބާކީ ނުކޮށް، ހުރިހާ ފަރުދުން ހިއްސާވާގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ ބޮޑު އަމާޒު: ވަޒީރު ޑރ. ޢާއިޝަތު ޝިހާމް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުކޮށް، ހުރިހާ ފަރުދުން ހިއްސާވާގޮތަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، މި ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ކުޑަކުދިންނާއި، ޒުވާނުންނާއި، އަންހެނުންނާއި، ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ޚިދުމަތް ދިނުން ހިމެނޭ ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމާއި، އެ މަސައްކަތްތައް ވިލަރެސްކުރުމަކީ ވެސް މި ވުޒާރާގެ މައިގަނޑު މަސްއޫލިއްޔަތެއްކަން ވަޒީރު ވަނީ ވާހަކަފުޅުގައި ފާހަގަކުރައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެނީ ނާޒުކު ހާލަތްތަކުގައި ވާ ފަރާތްތަކަށް ވާތީ، އަޅުގަނޑުމެން ބޭނުންވަނީ އެމީހުންނާއި ވަރަށް ގާތުން މަސައްކަތްކުރަން. އެހެންކަމުން، އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެނީ އެމީހުންގެ ޚިޔާލުތަކަށް ރިޢާޔަތްކުރެވިގެން“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ވުޒާރާގެ ޚިދުމަތްތައް ބައްޓަންކުރެވިފައިވަނީ ވީހާވެސް ވަށާޖެހޭ ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން، ރައްޔިތަކަށް ދެރަކަމެއް ނުވަތަ އުނދަގުލެއް ދިމާވެއްޖެ ހާލަތެއްގައި، ހަމައެކަނި ވަގުތީ ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި، އެ އާއިލާއެއް ބިނާކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވެދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކޮންމެ ފަރުދަކީވެސް މުޖުތަމަޢެއްގައި ޚިދުމަތް ކުރެވޭނެ ފަދަ ޤާބިލު ބަޔަކަށް ހެދުން ކަމުގައި ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.