އިސްރާއީލްގެ ކާރަކުން ޖައްސާ ފަލަސްތީނުގެ 5 މީހަކު ޒަޚަމް ކޮށްލައިފި

ފަލަސްތީނުގެ ސަލާމަތީ މަސްދަރުތަކާ ހަވާލާދީ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ބައިތުލްލަހަމް ކައިރީގައި ހިނގި ދެ ހާދިސާއެއްގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ ފަސް މަސައްކަތްތެރިއެއްގެ ގައިގައި ކާރުން ޖައްސައި ޒަޚަމްކޮށްލައިފި އެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، ގުދުސްގައި ހުންނަ އެމީހުންގެ މަސައްކަތްކުރާ ތަނަށް ދިއުމަށް މަސައްކަތް ކުރަނިކޮށް، ވަދީ ފުކިން އަވަށު ކައިރިން ނަހަލިން އަށް ނިސްބަތްވާ ހަތަރު މަސައްކަތްތެރިއެއްގެ ގައިގައި އިސްރާއީލް ވަޒަންވެރިއަކު ވަނީ ކާރުން ޖައްސާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ހާދިސާގައި އަނިޔާވެފައިވަނީ އަބްދުالله އަބޫ ދިޔާ، މަޖުދީ އަލް ނަޖާރު، މުހައްމަދު ފަނޫން އަދި މުހައްމަދު ޝަކަރްނާއަށެވެ.

މި މީހުންނަށް އެކިވަރުގެ ޒަޚަމްތަކާއި މަަހާލުންތައް ލިބިފައިވެ އެވެ.

މީގެ އިތުރުން ހިނގި އެހެން ހާދިސާއެއްގައި، އިސްރާއީލް ފުލުހުން ފަލަސްތީނުގެ ފަސްވަނަ މަސައްކަތްތެރިއެއް ކަމަށްވާ އަލީ ރިޒްގު އަލީ ޔާސީންގެ ފަޔަށް ބަޑިޖަހާ ޒަޚަމްކޮށްލާފައި ވަނިކޮށް، ވަޒަންވެރިއަކު ވަނީ އޭނާގެ ގައިގައި ވެސް ކާރުން ޖައްސާފަ އެވެ.

އަދި ހުސާން އަވަށަށް ނިސްބަތްވާ އިތުރު ފަސް މަސައްކަތްތެރިއަކު އިސްރާއީލް ސިފައިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް މަސްދަރުތަކުން މައުލޫމާތުދެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.