އީރާން އެމެރިކާ ހަނގުރާމައިގެ ފަހުގެ އަދާހަމަ

  • އީރާނުން އިސްރާއީލަށް މިސައިލް ޙަމަލާތަކެއް ފޮނުވާލުން: އީރާނުން އަންގާރަ ދުވަހު އިސްރާއީލަށް އައު މިސައިލް ޙަމަލާތަކެއް ފޮނުވާލައިފި އެވެ.

މިއީ ހަނގުރާމަ ހުއްޓާލުމަށް ބޭއްވި މަޝްވަރާތަކަކީ ”ވަރަށް ރަނގަޅު“ މަޝްވަރާތަކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރިތާ މާގިނައިރުތަކެއް ނުވަނީސް ދިން ޙަމަލާތަކެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމަވެސް އީރާނުން ވަނީ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ.

  • ބައިރޫތަށް އިސްރާއީލުގެ ޙަމަލާތައް: ލުބުނާނުގެ ދަޢުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރޭގަނޑުގެ ވަޤުތެއްގައި އިސްރާއީލުން ވަނީ ބައިރޫތުގެ ދެކުނުގެ ހަތް ސަރަހައްދަކަށް އަމާޒުކޮށް ޙަމަލާދީފަ އެވެ. އަދި ބައިރޫތުގެ ދެކުނުން އޮންނަ ބެޗަމޫން ކިޔާ ރަށަށް ދިން ޙަމަލާތަކުގައި މަދުވެގެން ދެ މީހުން މަރުވެ، ފަސް މީހުން ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކުރެ އެވެ.

  • އެމެރިކާގެ ހަމަލާތައް ކުރިއަށް: އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ ސެމަފޯ (Semafor) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން އީރާނަށް ދޭ ޙަމަލާތައް މެދުނުކެނޑި ކުރިއަށްދާނެ އެވެ. ޙަމަލާދިނުން ހުއްޓާލާފައިވަނީ ހަމައެކަނި އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ޙަމަލާތަކަށެވެ.

  • ޢިރާޤަށް ދިން ހަމަލާތައް: ޢިރާޤުގެ އަންބާރު ޕްރޮވިންސްގައި ހުންނަ ޕޮޕިއުލާ މޮބިލައިޒޭޝަން ފޯސަސްގެ މަރުކަޒަކަށް ދިން ވައިގެ ޙަމަލާތަކެއްގައި 10 ހަނގުރާމަވެރިން މަރުވެ، 30 މީހުން ޒަޚަމްވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި އެ ސަރަހައްދުގެ އޮޕަރޭޝަންސް ކޮމާންޑަރުވެސް ހިމެނެއެވެ.

  • ހުޅަނގު އައްސޭރީގެ ހާލަތު: ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ތިންވަނަ ރެޔަކަށް ޙަމަލާތައް ދީފައިވާ ކަމަށް ވަފާ (Wafa) ނިއުސް އެޖެންސީން ބުނެއެވެ. މިގޮތުން ނާބްލަސްގެ ދެކުނުން އޮންނަ ޒާތާރާ މިލިޓަރީ ޗެކްޕޮއިންޓް ކައިރިން ދަތުރުކުރި އުޅަނދުތަކަށް ވަނީ ޙަމަލާދީފަ އެވެ.

  • ސަރަހައްދީ ޤައުމުތަކަށް އަމާޒުވި ޙަމަލާތައް: ސަޢުދީ ޢަރަބިއްޔާގެ އިރުމަތީ ސަރަހައްދަށް އަމާޒުވި 20 އަށްވުރެ ގިނަ ޑްރޯން ޙަމަލާ ހުއްޓުވާފައިވާ ކަމަށް އެޤައުމުން ބުނެ އެވެ. މީގެ އިތުރުން ކުވެއިތަށް ދިން ޑްރޯން އަދި މިސައިލް ޙަމަލާތަކަކަށް އެޤައުމުން ރައްދު ދީފައިވާއިރު، ބަހްރޭންގައި ވަނީ ނުރައްކަލުގެ އިންޒާރުދޭ ސައިރަން އަޅާފަ އެވެ.

  • ވައިގެ ދަތުރުފަތުރަށް ބުރޫއެރުން: މި ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގެ މައިގަނޑު އެއާޕޯޓްތައް ކަމަށްވާ ދުބާއީ، ދޯހާ އަދި އަބޫދާބީ އެއާޕޯޓްތައް ބަންދުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މީގެ ސަބަބުން އެތައް ހާސް ފަސިންޖަރުންނެއް ވަނީ އެކި ތަންތަނުގައި ތާށިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.