
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ބައްދަލުކޮށްފި
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީ.ސީ.ބީ) އިން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ބައްދަލުކޮށްފި އެވެ.
ޕީ.ސީ.ބީ ގެ އޮފީހުގައި އިއްޔެ ބޭއްވި މި ބައްދަލުވުގައި، ބައިވެރިވަޑައިގެންނެވީ ޕީ.ސީބީގެ ރައީސް މުހައްމަދު އަނަސްއެވެ.އާސަންްދަ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޒީނިޔާ އެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ، އާސަންދަ ކުންފުނީގެ ނިޒާމުތައް ހަރުދަނާކުރުމާއި، ކުންފުނި ހިންގުމުގެ ކެޕޭސިޓީ ރަނގަޅުކޮށް މުޅި ކުންފުނީގެ މަސައްކަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.



