ޕްރައިމަރީ ތަޢުލީމާއި، ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ މަގުސަދުގައި “އަރލީ ލާނިންގ” ޕްރޮގްރާމެއް ފަށައިފި!

ޕްރައިމަރީ ތަޢުލީމު ވަރުގަދަކޮށް، ދަރިވަރުންގެ މެދުގައި ދިވެހި ބަހުން ލިޔެކިޔުން ކުރިއެރުވުމުގެ މަގުސަދުގައި ބޮއިންގް ކުންފުންޏާއި ރޫމް ޓު ރީޑް ގުޅިގެން ރާއްޖޭގައި “އަރލީ ލާނިންގ” ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ބޮއިންގްގެ މާލީ އެހީތެރިކަމާއެކު، ރޫމް ޓު ރީޑް އާއި ނޭޝަނަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ) އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގުޅިގެން، 15 ކުޑަކުދިންގެ ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި ފޮތްތައް ޑިޖިޓަލްކޮށާއި، ޕްރިންޓްކޮށް، ސަރުކާރުގެ ހުރިހާ ސްކޫލްތަކަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިބަސް ކުރިއެރުވުމަށާއި، ‘އަރލީ ގްރޭޑް ލަރނިންގ’ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ،

ފޮތް ކިޔުމުގެ ވަރުގަދަ ސަގާފަތެއް އުފެއްދުމަކީ ޤައުމީ ތަޢުލީމީ އިސްތިރާޖުގެ މުހިންމު ބައެއް ކަމަށާއި، ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ މި ފޮތްތަކުގެ ސަބަބުން، މަތީ ފެންވަރުގެ އަދަބިއްޔާތާއި ފޮތްކިޔުމުގެ ރަނގަޅު ތަޖުރިބާއެއް ދަރިވަރުންނާ ހަމައަށް ގެނެސްދޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރައިމަރީ ތަޢުލީމު ވަރުގަދަވެ، ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ

ރޫމް ޓު ރީޑް އަކީ ބޮއިންގް ކުންފުނީގެ ބޮއިންގް ގްލޯބަލް އެންގޭޖްމެންޓް (ބީ.ޖީ.އީ) އާ ގުޅިގެން ހިންގާ ގްލޯބަލް އެޑިޔުކޭޝަން ނޮން-ޕްރޮފިޓް ޖަމްޢިއްޔާއެކެވެ. މި ޕާޓްނަޝިޕްގެ ދަށުން އެކި ޤައުމުތަކުގެ ސްކޫލުތަކުގައި އަރލީ ގްރޭޑް ލަރނިންގގެ ލިޔެކިޔުން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އެކި ޤައުމުތަކުގެ ބަހުރުވައިން ފޮތް ތައްޔާރުކުރުމާއި، ލައިބްރަރީތައް ތަރައްޤީކުރުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ލިޓްރެސީ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.