ޙައްޖު ކޮންފަރެންސް 11 ޑިސެންބަރު 2025ގައި

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި އަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ މައުރަޒަކާވެސް އެކުގައެވެ. މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވެ،  އެ ކުންފުނިތަކުންދޭ ޚިދުމަތްތަކުގެ މަޢޫލޫމާތު ޢާއްމުންނާ ޙިއްސާކޮށް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ.

މީގެ ބޭނުމަކީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަކީ ނުހަނު މާތް އަޅުކަމަކާ ގުޅުން ހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ. ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް އަދި ހުކުރުދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ.  

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ކޮންފަރެންސުގައި ސަޢޫދީޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އެ ކުންފުނީގެ ދީނީ ގޮތްޕެވެ.

ޙައްޖު ޢުމްރާ ކޮންފަރެންސްގައި އެ ބޭފުޅުންގެ ފަރާތުންވެސް ސެޝަން ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އަދި މީގެ އިތުރުން، ޙައްޖާއި ޢުމްރާގެ ޚިދުމަތާގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް މި ކޮންފަރެންސުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވާނީ ފުންނާބު އުސް ޢިލްމުވެރިންނާއި، ޚިދުމަތާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.