އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު ފަށައިފި

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މީޑިއާ މައުރަޒު 2025، މިއަދު ހަވީރު ފަށައިފިއެވެ.

މީޑިއާ މައުރަޒު 2025 ރަސްމީކޮށް ފެށުމަށްޓަކައި މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ޙަލީލްއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ ސެކްޝަންތަކުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، ކުރެވެމުންދާ މުހިއްމު މަސައްކަތްތަކާއި މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި މީޑިއާތަކަށް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ މައުރަޒެކެވެ.

މި މައުރަޒުގެ އެކި ސްޓޯލްތަކުން ކުޑަކުދިންނާއި ގުޅޭ ޝައުޤުވެރި އެކި ހަރަކާތްތައްވެސް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މޮސްކު މެނޭޖްމެންޓް ސެކްޝަނުން، މިމްބަރުގައި ޚުޠުބާ ކިޔުމުގެ ފުރުސަތު ތުއްތު ކުދިންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މީޑިއާ މައުރަޒު މިއަދު ހަވީރު 16:00 އިން 18:00 އަށް ކުރިއަށްދިޔައިރު މާދަމާ ހެނދުނު 10:00 އިން ހަވީރު 18:00 އާއި ހަމައަށް މައުރަޒު ކުރިއަށްދާނެއެވެ.

މި މައުރަޒުގައި ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން ޝައިޚުންނާއި ކުރަން ބޭނުންވާ ސުވާލުތައް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ.

މީޑިއާ މައުރަޒު 2025 ގައި ޒުވާން ޚަޠީބުންނަށް ޚާއްސަ ސްޓޯލެއް. މި ސްޓޯލުގައި ތުއްތު ކުދިންނަށް މިމްބަރުގައި ޚުޠުބާ ކިޔުމާއި ބަންގި ގޮވުމުގެ ފުރުސަތު ލިބިގެންދާނެ. މައުރަޒުގެ ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ތުއްތު ކުދިން މި ސްޓޯލަށް ޒިޔާރަތްކޮށްފައިވޭ.

މީޑިއާ މައުރަޒު 2025 ގައި ޒުވާން ޚަޠީބުންނަށް ޚާއްސަ ސްޓޯލެއް. މި ސްޓޯލުގައި ތުއްތު ކުދިންނަށް މިމްބަރުގައި ޚުޠުބާ ކިޔުމާއި ބަންގި ގޮވުމުގެ ފުރުސަތު ލިބިގެންދާނެ. މައުރަޒުގެ ފުރަތަމަ ދުވަހު ގިނަ އަދަދެއްގެ ތުއްތު ކުދިން މި ސްޓޯލަށް ޒިޔާރަތްކޮށްފައިވޭ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.