އިންޑޮނީޝިއާގައި ފެންބޮޑުވެ 303 މީހުން މަރުވެއްޖެ

އިންޑޮނީޝިއާގެ ސުމަޓްރާގައި މޫސުން ގޯސްވެ ފެންބޮޑު ވުމުގެ ސަބަބުން 300 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ފާއިތުވި ހަފްތާގައި އެޤައުމަށް އެރި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ އިތުރުން ފަރުބަދަ ކަނޑައިގެންގޮސް ވެއްޔާއި ކިސަޑު ފޭބުމުގެ ސަބަބުން އަސަރުކޮށްފައިވާ ހިސާބުތަކުން މީހުން ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

އެޤައުމުގެ ޑިސާސްޓަރ މެނޭޖްމަންޓު ސެންތަރުން ބައިނަލްއަޤްވާމީ ނޫސްތަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ތޫފާނުގެ ސަބަބުން މަރުވިމީހުންގެ އަދަދު 303 އަށް އަރާފައިވިނަމަވެސް، މިއަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތޫފާނުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތާއި، ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފަރުބަދަމަތިން ފޭބި ވެއްޔާއި ކިސަޑުގެ ދަށުވެ އަދި ފެންބޮޑު ވުމުގެ ސަބަބަބުން 500 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެސް އިންޑޮނީޝިއާގެ ޑިސާސްޓަރ މެނޭޖްމަންޓު ސެންޓަރުން ވަނީ ބުނެފައެވެ. އަދި އެތައް ބައެއްގެ ގެދޮރާއި ދަނޑުގޮވާމަށް ވަނީ ގެއްލުން ވެފައެވެ. ތޫފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ސުމަޓްރާގެ އަގާމް ޑިސްޓްރިކްޓްއަށެވެ. އެންމެ ގިނަ މީހުން މަރުވިކަމަށް ރިޕޯޓު ކުރެވިފައި ވަނީވެސް އެސަރަހައްދުންނެވެ. 

އެޤައުމުގެ ޑިސާސްޓަރ މެނޭޖްމަންޓް އޭޖެންސީގެ ތަރުޖަމާނު އިލްޙާމް ވައްޙާބް މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ބުނެފައިވަނީ، އަގާމް ޑިސްޓްރިކްޓްގައި ތޫފާނުގެ ސަބަބުން 75،219 މީހުން ވިއްސިވިހާލިވެ ހާލުގައި ޖެހިފައިވާ ކަމަށާއި 106،806 މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އާސޭހް ޕްރޮވިންސުގައި އިތުރު 116 މީހުން މަރުވެފައިވާ ކަމަށެވެ. 

ފާއިތުވި ހަފްތާގައި އެރި ތޫފާނުގެ ސަބަބުން އިންޑޮނީޝިއާ، މެލޭޝިއާ، ތައިލެންޑުގެ އިތުރުން ސްރީލަންކާގައި ފެންބޮޑުވެ މީހުންގެ ފުރާނައާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.