ހުޅުމާލެ 3 ސުކޫލެއްގެ މުދައްރިސުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި

ރެހެންދި ސްކޫލް، މުޙައްމަދު ޤާސިމް ޕްރީސްކޫލް, އަދި ޣާޒީ ސްކޫލްގެ މުދައްރިސުންނާ މިނިސްޓަރ ޑރ.އިސްމާޢީލް ޝަފީޢު ބައްދަލުކުރައްވައިފިއެވެ.

މުދައްރިސުންނާ ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލްގައި ބޭއްވި ޖަލްސާގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވާ، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގައާއި، ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އިސްވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.