
އަރަބި ބަހާއި ގުޅޭ މުބާރާތްތަކެއް އައި.ޔޫ.އެމް އިން ބާއްވައިފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައި.ޔޫ.އެމް)ގެ ފަރާތުން އެކި އުމުރުފުރައިގެ ދަރިވަރުންނާއިއެކު އަރަބި ބަހާއި ގުޅޭ މުބާރަތްތަކެއް ބާއްވައިފިއެވެ.
މި ނޮވެންބަރު މަހުގެ 27 އަދި 28 ވަނަ ދުވަހު ޕްރައިމަރީ، ސެކަންޑަރީ ސްކޫލް ދަރިވަރުން އަދ ޔުނިވާސިޓީ ދަރިވަރުން ހިމެނޭހެން އަރަބި ބަހާއި ގުޅޭ ތަފާތު މުބާރަތްތަކެއް ވަނީ ބޭއްވިފައެވެ. މި މުބާރަތްތަކުގައި، އަރަބި ބަހުން ޚިތާބު ދިނުން، މަދަކިޔުން، ވާހަކަ ކިޔުން، އަތުލިޔުން އަދި ޕޯސްޓަރާއި މެގަޒިންތައް ތައްޔާރުކުރުން ފަދަ އެކި ހަރަކާތްތައް ހިމެނޭހެން ދަރިވަރުންގެ މެދުގައި ވަނީ ވާދަކުރެވިފައެވެ.
ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށް ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްކަށް މިފަދަ މުބާރަތްތަކުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އެގޮތުން، އައި.ޔޫ.އެމްގެ ފަރާތުން ކުރިއަށްގެންދިޔަ މި މުބާރާތުގެ ސަބަބުން ދަރިވަރުންނަށް އަރަބި ބަސް ދަސްކުރުމަށް ފަސޭހަވުމާއެކު، މި ބަސް އުނގެނުމަށް ޝައުގުވެރިކަން އުފެދިގެންދިޔުމުގެ އިތުރުން އަރަބި ބަސް އުނގެނުމާއި އުގަންނައިދިނުމުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުވެގެންދާނެއެވެ.



