ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑޭ) މިރޭ ފުލުސް އޮފީހަށް ޙާޟިރުވުމަށް އަންގައިފިއެވެ.
ވަޙީދު ވިދާޅުވީ ފުލުސް އޮފީހަށް އޭނާ ޙާޟިރު ކުރަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށާއި ޙާޟިރުވާން އަންގާފައިވާ ގަޑިއަކީ މިރޭ 20:30 ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންމައްސަލައެއްކަމެއް ފުލުހުން ހާމަނުކުރާ ކަމަށްވެސް ވަޙީދު ވިދާޅުވިއެވެ.