ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ބެލްޖިއަމް އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ބެލްޖިއަމްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ. މި ދަތުުރުފުޅަކީ މި ނޮވެންބަރު މަހުގެ 20 އިން 21 އަށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސް ގައި ކުރިއަށް ދިޔަ ޔޫރަޕިއަން ޔޫނިއަން އިންޑޯ-ޕެސިފިކް މިނިސްްޓީރިއަލް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ކުރެވުނު ދަތުރުފުޅެކެވެ.

އަދި، މި ދަތުރުފުޅުގެ ތެރެއިން އެކުވެރި ބައެއް ޤައުމުތަމުގެ އިސްވެރިންނާ އެކު ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ޚާރިޖީ ގުޅުންތައް އިތުރަށް ބަދަހިކޮށް، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާންތަކުަގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ މިދަތުރުފުޅުގެ ތެރޭގައި އެމަނިކުފާނު ވަނީ މި ފޯރަމްގެ ޙަވާސާގެ ތެރެއިގައި ބޭއްވިފައިވާ އެކި ހައި-ލެވަލް އިވެންޓްތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައެވެ.

މީގެއިތުރުން ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ޒިޔާރަތްކުރައްވައި، ދިވެހި ސަރުކާރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ސަރުކާާރުން ފޯރުކޮށްދޭ ޙިދުމަތްތަށް އިތުރަށް ހަރުދަނާ ކުރެއްވުމާ ގުޅޭާގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ދަތުރުފުުގައި ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ގެ އަރިހުގައި ސެކްެރެޓަރީ މަލްޓިލެޓަރަލް އަލްފާޟިލް އަޙްމަދު ޝިއާން އަދި ޕޮލިޓިކަލް ޑިރެކްޓަރ ފާތިމަތު ނަޝާ އިސްމާޢިލް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.