އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި، އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރު.އާރު.ޔޫ) ގުޅިގެން ކުރިއަށް ގެންދިޔަ އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއެވެ. މި ރަސްމިއްޔާތުގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއް ރަހްމާންއާއި، އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވެލެއްވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

forensics first

މި މަހު 15 އިން 20 އަށް ކުރިއަށް ގެންދިޔަ ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމްގެ މުދައްރިބުންނަކީ އާރު.އާރު.ޔޫގެ ތަޖުރިބާކާރު މުދައްރިބުންނެވެ.

މި ޕްރޮގްރާމުގައި ސައިބަރ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި މެތަޑޮލޮޖީތަކާއި އޮނިގަނޑުތައް ދަސްކޮށްދީފައިވެއެވެ. އަދި މި ދާއިރާގެ ކޭސް  ސްޓަޑީތަކާއި ތަމްރީނުތަކަށް އަމާޒުކޮށް ސައިބަރ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. އަދި ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތަކާއި ދާއިރާއާ ގުޅުންހުރި އިތުރު ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

immigration 1

މި ޕްރޮގްރާމްގައި، 22 ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއާއި، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއިން ބައިވެރިިވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.