އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފި

އެޑްވާންސްޑް ޑިޖިޓަލް ފޮރެންސިކްސް އަދި އިންސިޑެންޓް ރެސްޕޮންސް ޕްރޮގްރާމް ފަށައިފި އެވެ.

މި މަހުގެ 15 އިން 20 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އިންޑިއާގެ ރަޝްޓްރީޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) އާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ގާނޫނު ތަންފީޒުކުރާ އަދި ސައިބަރ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކުގެ ތަހުގީގީ އަދި ތަހުލީލީ ގާބިލިއްޔަތުކަން އިތުރުކޮށް ހަރުދަނާކުރުމަށެވެ. އިންޑިއާގެ ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީގެ ތަޖުރިބާކާރު މުދައްރިސުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ސައިބަރ ހާދިސާތަކާއި ޑިޖިޓަލް ހެކި ގެންގުޅުމަށް އެންމެ ފަހުގެ ވަސީލަތްތަކާއި، މެތަޑޮލޮޖީތަކާއި، އޮނިގަނޑުތައް ދަސްކޮށްދެވޭނެ އެވެ.

އަދި މި ދާއިރާގެ ކޭސް ސްޓަޑީތަކާއި، ތަމްރީނުތަކަށް އަމާޒުކޮށް ސައިބަރ ކުށްތަކުގެ ތަހުގީގުތަކުގައި އަމަލުކުރާނެ ގޮތްތައް ދަސްކޮށްދޭނެ އެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް އެކަށީގެންވާ ޑިޖިޓަލް ތަހުގީގުތަކަށް މައިގަނޑު މެތަޑޮލޮޖީ ދެނެގަނެ ތަންފީޒުކުރުމުގެ ގާބިލުކަން ލިބިގެންދާނެ އެވެ. އަދި ކޯޓުގައި ހެކީގެ އިންޓެގްރިޓީ އަދި ގަބޫލުކުރެވޭ މިންވަރު ޔަގީންކުރުމަށް ހެކި ބެލެހެއްޓުމާއި ހޯދުމުގައި އެންމެ ރަނގަޅު އުސޫލުތައް ދަސްވެގެންދާނެ އެވެ.

އޭގެ އިތުރުން، މުހިންމު ހެކިތަކާއި ޑިޖިޓަލް ނިޝާންތައް ހާމަކުރުމަށް އޮޕަރޭޓިންގ ސިސްޓަމްތަކާއި ފައިލް ސިސްޓަމްތައް ތަހުލީލިކުރުމާއި ވާދަވެރިން ބޭނުންކުރާ މެމޮރީ ފޮރެންސިކްސް އަދި މެލްވެއަރ ޕަރސިސްޓެންސް ޓެކްނިކްތައް ދެނެގަތުމަށް ތަހުލީލުކުރުމާއި ސައިބަރ ހަމަލާތައް ދެނެގަނެ އަލުން އެކުލަވައިލުމަށް ނެޓްވޯކް ފޮރެންސިކްސް އަދި ލޮގް އެނަލިސިސް ކުރިއަށްގެންދާނެ އެވެ.

އަދި ޒަމާނީ ޑިޖިޓަލް މާހައުލުތަކުގައި ނުރައްކާތައް ކުޑަކުރުމަށް އެންޓަރޕްރައިޒް ސްކޭލް އަދި ކްލައުޑް އިންސިޑެންޓް ރެސްޕޮންސްއަށް ސްޓްރެޓެޖީތައް ދަސްކޮށްދޭނެ އެވެ.

މި ޕްރޮގްރާމްގައި، 22 ފުލުހުންނާއި، މޯލްޑިވްސް ކަސްޓަމް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއާއި، މޯލްޑިވްސް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގެ އިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއިން ބައިވެރިިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.