އެމް.ކިޔު.އޭގެ ރިހިޔޫބިލް ފާހަގަކުރުމަށް ބޭއްވުނު ރަސްމިޔާތު ވަޒީރު ޑރ.ޢަލީ ޙައިދަރު ޝަރަފުވެރިކޮށްދެއްވައިފި

މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އަށް 25 އަހަރު ފުރި، އެ އޮތޯރިޓީގެ ރިހިޔޫބިލް ފާހަގަކުރުމަށް ބޭއްވުނު ރަސްމިޔާތު ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފަ އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ، ތަޢުލީމާއި ހުނަރުވެރިކަމަކީ ޤައުމުގެ ކާމިޔާބީ ވަޒަންކުރާ މިންގަނޑަކަށް ވުމާއެކު، ރާއްޖެއިން ހާޞިލުކުރާ މަތީ ތަޢުލީމީ ސަނަދުގެ އަގު ހިފެހެއްޓުމަކީ ހަމައެކަނި ޓެކްނިކަލް މަސައްކަތެއް ނޫންކަމަށާއި، އެއީ ޤައުމީ ޝަރަފަކާއި އިޤްތިޞާދީ އަސާސެއްކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން، އެމަނިކުފާނު ވަނީ ދުނިޔޭގެ މަތީ ތަޢުލީމުގެ ކުރިމަގަށް ބަލާއިރު، އައު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައިފައެވެ. އަދި އެފަދަ ގޮންޖެހުންތަކަށް ތައްޔާރުވެ، ކުޅަދާނަކަމާއި ހުޝިޔާރުކަމާއެކު، އެފަދަ ގޮންޖެހުންތަކާއި ކުރިމަތިލުމުގެ އަޒުމް ވަރުގަދަކުރަންޖެހޭކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ.ޢަލީ ޙައިދަރު އަޙްމަދުގެ، މޯލްޑިވްސް ކުއަލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ)ގެ ސީ.އީ.އޯ މަރްޔަމް ފިޒާނާ ރަޝީދުގެ އިތުރުން މަތީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރަމުންދާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވައިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.