ގޭބިސީގެ މިލްކުވެރިކަން ފުޅާކުރުމަށް އެމްއެމްއޭ އިން އާ މެންޑޭޓެއް، ބޭންކުތަކަށް %10-15 ގެ އަދަދެއް ކަނޑައެޅޭނެ

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފުޅާކޮށް، ގޭބިސީގެ މިލްކުވެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަމެއްދެއްވައިގެން ކުރައްވާ ކަންކަމުގެ ތެރެއިން، ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކުތަކަށް އާ މެންޑޭޓެއް ކަނޑައަޅައިފި އެވެ. މި މެންޑޭޓުގެ ދަށުން، ބޭންކުތަކުން އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ 10 އިންސައްތަ އާއި 15 އިންސައްތައާއި ދެމެދުގެ އަދަދެއް ގޭބިސީގެ މިލްކުވެރިކަމަށް ޚާއްސަކުރެވޭނެ އެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ މުހިއްމު ދެ އަމާޒަކީ، ފަސޭހައިން ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ލިބުމާއި ކުލި ނުވަތަ ލޯނުގެ އަގު އަތްފޯރާ ފަށުގައި ހުރުން ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

sign

ވަޒީރު އިތުރަށް ވިދާޅުވީ، އެމްއެމްއޭގެ މި އާ މެންޑޭޓާއެކު، ބޭންކުތަކުން ގޭބިސީގެ މިލްކުވެރިކަން ފުޅާކުރުމަށް އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ 10-15 އިންސައްތަ ކަނޑައަޅާނެ ކަމަށެވެ. މީގެ އިތުރުން، ދައުލަތުން އިތުރު ލޯނަކަށް ބަރޯސާވުމަކާއި ނުލައި، ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފުޅާކުރުމަށް މިހާރުވެސް ވަކި ވަކި ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

މިގޮތުން، މިހާރު ވަނީ ހުޅުމާލެއާއި ވިލިމާލެއިން 3000 ހައުސިންގ ޔުނިޓް އެޅުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ޕްރައިވެޓް ލިމިޓެޑް އަށް ބިން ހަވާލުކުރައްވާފަ އެވެ. މިކަންކަމަކީ ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިއްމު ފިޔަވަޅުތަކެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.