
ކޭމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ”ލޭޓް އެންޓްރީ“ އެޕްލިކޭޝަނަން ހުޅުވާލައިފި
2026 ވަނަ އަހަރުގެ ފެބުރުވަރީ އަދި މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ ”ލޭޓް އެންޓްރީ“ ގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 26 އޮކްޓޫބަރު ވާ އާދީއްތަ ދުވަހުން ފެށިގެން 2025 ނޮވެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.
ފޯމް ބަލައިގަތުމާއި ދޫކުރުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެދުނު 08:30 އިން މެންދުރު 13:30 އަށެވެ.
އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް info@dpe.edu,mv އަށް މެއިލް ކުރެވޭނެއެވެ.



