
ގަލޮޅު ޕްރީސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި
ގަލޮޅު ޕްރީސްކޫލުގެ ޕްރީ ކަބް ދަރިވަރުންނާއި ސްޓަރ ދަރިވަރުން، އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީއަށް މިއަދު ޒިޔާރަތްކޮށްފި އެވެ.
އެ ސްކޫލުގެ 45 ޕްރީ ކަބް ދަރިވަރުންނާއި 28 ސްޓަރ ދަރިވަރުން އަދި 18 މުދައްރިސުން ބައިވެރިވި މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ ޝިޕް ސޭފްޓީ، ވޯޓަރ ސޭފްޓީ، ޑައިވިންއާއި ފަޔަރފައިޓިންގގެ ތަޢާރަފާއި، އަދި ލައިފް ޖެކެޓާއި ލައިފް ރިންގ ބޭނުންކުރާނޭ ގޮތްތައް ކިޔައިދީފަ އެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ޣާޒީގެ ސިފައިންނެވެ.
 

 
 
						



