ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ކާބަންއެކްސް ސަމިޓް 2025 ގައި ބައިވެރިވެވަޑައިގެންފި

ޗައިނާގެ ޝެންޒެންގައި މިހާރު ކުރިއަށްދާ ކާބަންއެކްސް ސަމިޓް 2025 (CarbonX Summit 2025) ގައި، ރާއްޖޭގެ ރަށަކަށް %100 އިޔާދަކުރަނިވި ހަކަތައިން ކަރަންޓު ދިނުމުގެ މަޝްރޫޢެއް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް، ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޢާވިޔަތު މުޙައްމަދު ބައިވެރިވެވަޑައިގެންފި އެވެ. މި މަޝްރޫޢުގެ ދަށުން ދިގު މުއްދަތަށް ހަކަތަ ރައްކާކުރެވޭ ނިޒާމުތައް (Long-Duration Energy Storage – LDES) ބޭނުންކޮށްގެން، ރާއްޖޭގެ ރަށެއްގައި ހަކަތައިގެ ބޭނުންތައް ފުއްދުމަށް ރޭވިފައިވެ އެވެ.

މި ސަމިޓްގައި ޑރ. މުޢާވިޔަތު ބައިވެރިވެވަޑައިގެންފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޔާދަކުރަނިވި ހަކަތައާއި ކާބަންގެ ދޫކުރުން މަދުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ބަދަލުކޮށް، ގުޅުންތައް ބަދަހިކުރުމަށެވެ. ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ އެއް ޤައުމެވެ. އެހެންކަމުން، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

Dr. Muaviyath

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ދިގު މުއްދަތަށް ހަކަތަ ރައްކާކުރެވޭ ނިޒާމުތައް ބޭނުންކޮށްގެން، ތެލަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެ، އިޤްތިޞާދީ ގޮތުންވެސް ފައިދާތަކެއް ލިބިގެންދާނެއެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް އިޔާދަކުރަނިވި ހަކަތަ ތައާރަފްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.