ހދ. އެފްސީއެސްސީގެ މުވައްޒަފުންނަށް އިވެކުއޭޝަންގެ ތަމްރީނެއް ކުރިއަށް ގެންގޮސްފި

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއެކު ދިމާވެެދާނެ ޤުދުރަތީ ހާދިސާއަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އެފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އެމަޖެންސީ ޕުލޭނެއް އެކުލަވައިލާ އެކަމަށް މުވައްޒަފުންނާއި ކުދިން އަހުލުވެރިކޮށް އެފަދަ ހާލަތަކަށް ތައްޔާރުވުމަށް ބޭނުންވާ ޢަމަލީ ތަމްރީން ފޯރުކޮށްދިނުމުގެ ގޮތުން ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގްރާއެއް ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމުގައި ވަނީ އަލިފާން ނިއްވުމަށް ބޭނުންކުރާ ތަފާތު ވަސީލަތްތައް ބޭނުން ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، މިފަދަ ހާދިސާތަކުން ރައްކާތެރިވާނެ ގޮތުގެ ޢަމަލީ ތަޖުރިބާވެސް ފޯރުކޮށްދީފަ އެވެ. އަދި މީގެ އިތުރުން ޓީމް ބިލްޓިންގގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށުގައި ތިބޭ އާއިލާތަކާއި ކުޑަކުދިނަށް ޚިދުމަތްދޭ އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންގޮސްފައިވާ ތަމްރީން ޕްރޮގްރާމެކެވެ.

އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަކީ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށްވާއިރު، މި އަހަރު ނިމުމުގެ ކުރިން މި ވުޒާރާގެ ދަށުން ހިންގަމުންދާ އެންމެހައި އަމާންހިޔާތަކުގައި މި ޕްރޮގްރާމް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެއާއެކު، އަމާންހިޔާތަކުގެ ފެންވަރު ރަނގަޅުކޮށް، އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުގެ ބޮޑު ބައެއް ފުރިހަމަވެގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.