
އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން މާދާމާއަށް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.
ބަޖެޓު ހުށަހެޅުމަށް އެޖެންޑާކޮށްފައި ވަނީ މާދަމާޖަލްސާގައި 9:00 އަށެވެ. މިއަދުގެޖަލްސާ ނިންމަވާލައްވަމުން، މަޖިލީހުގެރައީސް އަބްދުއްރަޙީމްއަބްދުﷲ ވަނީ، ބަޖެޓުހުށަހެޅުން މާދަމާ އޮންނާނެކަމަށް ވިދާޅުވެފަ އެވެ.
އެހެންނަމަވެސް ބަޖެޓާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިނުވާތީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުގެއަދަދެއް އެނގިފައެއް ނުވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދާއިރާއަށް ކަމަށް ވިދާޅުވެފައެވެ. މި އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދިނީ ބޯހިޔާވަހިކަމަށެވެ. ބަޖެޓަށް ނަން ދިނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓުގެ ގޮތުގައެވެ.



