ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު މަތީ ތަޢުލީމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައިފި

ބަންގްލަދޭޝްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅިފައިވާ ހައި ކޮމިޝަނަރު، ހިޒް އެކްސެލެންސީ، ޑރ. އެމް.ޑީ ނަމްޒުލް އިސްލާމް ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަތުރައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއަށް ޒިޔާރަތްކުރައްވައި، އެ ވުޒާރާގެ ވަޒީރު، ޑރ. ޢަލީ ޙައިދަރު އަޙްމަދާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި އަދި ޚާއްސަކޮށް ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ދެ ފަރާތުގެ މަސްލަހަތު ހިމެނޭހެން އެއްޤައުމުން އަނެއް ޤައުމަށް އެހީއާއި އެއްބާރުލުން ފޯރުކޮށްދިނުމަށް ވަނީ މަޝްވަރާކުރެވިފަ އެވެ. އެގޮތުން، ސިއްޙީ ދާއިރާ އިން މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްގައި އިންޓާންޝިޕް ފުރުޞަތުތައް ހޯދައިދިނުމާއި ޓެކްނިކަލް ވޮކޭޝަނަކް އެންޑް ޓްެރެއިނިްގ (ޓިވެޓް) ދާއިރާއަށް ދިވެހި ޒުވާނުން ޝައުގުވެރިކުުރުވުމާއި އެ ދާއިރާއިން ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ބޭފުޅުންނާއިއެކު ބޭއްވޭ މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ބޭރުގެ މަޤްބޫލް ޔުނިވާސިޓީތަކާއި އިންސްޓިޓިއުޓްތަކުން މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތަށް އިތުރުވުމާއެކު، ދިވެހިރާއްޖޭއަށް މުހިއްމު އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމުގެ މަގުފަހިވެގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.