އާރްއާރްއީއީއެފް ޕްރޮގްރާމްގެ ދެވަނަ ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފި

ދިވެހިރާއްޖެއަށް ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ގްލޯބަލް ފަންޑް ފޮރ ކޮރަލް ރީފްސް (ޖީއެފްސީއާރް) އިން ފަންޑްކުރާ ދިވެހިރާއްޖޭގެ އާރްއާރްއީއީއެފް ޕްރޮގްރާމްގެ ދެވަނަ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ ބައްދަލުވުން ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެމްއޯޓީއީ) އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ އިސް ބައިވެރިވުމާއެކު ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕްރޮގްރާމްގެ މިހާރުގެ ކުރިއެރުން މުރާޖަޢާކޮށް، ތަންފީޒުކުރުން އަވަސްކުރުމަށް މަޝްވަރާކުރުމެވެ. މީގެ އިތުރުން، އެކި އޭޖެންސީތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކުރުމާއި، ޤައުމީ އިސްކަންދޭ ކަންތައްތަކާ އެއްގޮތްވާގޮތުގެ މަތިން އަދި ދެމެހެއްޓެނިވި އަސަރު ކުރުވުމަށް ބައިވެރިވުން އިތުރުކުރުމުގެ ގޮތްތައްވެސް ބަލައި ދިރާސާކުރެވުނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އާރްއާރްއީއީއެފް ޕްރޮގްރާމް ތަންފީޒުކުރެވެނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް (އެމްއޯޓީއީ)، މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި)، އަދި ބީސީސީގެ ފަންނީ ތަޖުރިބާއާއެކުއެވެ. މި މަސައްކަތުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީއާރްއޭ) ގެ އެހީތެރިކަން ލިބިފައިވެއެވެ. މިފަރާތްތައް އެއްބައިވެގެން މަސައްކަތްކުރަނީ ދިވެހިރާއްޖޭގެ ތިމާވެށި ދެމެހެއްޓުމާއި، ރާއްޖޭގެ ކަނޑުތަކުގެ ވަސީލަތްތަކުން އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތައް ހޯދައި، ރާއްޖެއަށް ދެމެހެއްޓެނިވި ނީލީ އިޤްތިޞާދެއް ބިނާކުރުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.