މޯލްޑިވްސް ޕޮލިޓެކްނިކްގެ ”އޯޕަން ޑޭ“ ބޭއްވުމަށް ތައްޔާރުވެއްޖެ

މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން މި އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާއި ހަމައަށް ”އޯޕަން ޑޭ-ސްކިލް ފެސްޓް 2025“ ގެ ނަމުގައި އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޕޮލިޓެކްނިކްގެ މާލެ ކެމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގެ ދަށުން، ޕޮލިޓެކްނިކްގައި ކުރިއަށްގެންދާ ޕްރޮގްރާމްތަކާއި ގުޅޭ މަޢޫލޫމާތު ހޯދުމާއި، އެކި މަސައްކަތްތަކާއި ގުޅޭ ހަރަކާތްތަށް ބަލައިލުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލެވިފައެވެ. މީގެ އިތުރުން، ކޭކް ޑިޒައިނިންކުރުމާއި، ފެޝަން ޑިޒައިނިންގ ފަދަ ތަފާތު ފަންނީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އިވެންޓްގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި، އާކިޓެކްޗަރ، ވަޑާންކުރުން، މެކޭނިކަލް އިންޖީނިއަރިންގ،ވިޔަފާރި، ޓެކްނިލޮޖީ އަދި އެކި ފަންނީ އުފެއްދުންތެރި ދާއިރާތަކާއި ގުޅޭ ވޯކްޝޮޕްތަކާއި އެ މަސައްކަތްތައް ކުރާގޮތް އާންމުންނަށް ދައްކައިލުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.