ރައީސް ޑރ. މުޙައްމަދު މުޢިޢްޒު ސާބިތުކޮށްދެއްވީ ކެތްތެރިކަމާއި އެހެން މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރާ މިންވަރު: މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު

ޤައުމުގެ އެންމެ މަތީ ވެރިޔާގެ ޙައިޞިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޒިޔާރަތްކުރައްވައި ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙާޞިލުކުރެއްވި ކާމިޔާބީން ރައީސް މުޢިޢްޒު ސާބިތުކޮށްދެއްވީ ކެތްތެރިކަމާއި، އެހެން މީހުންގެ އިޙްސާސްތަކަށް އިޙުތިރާމް ކުރާ މިންވަރު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު “އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަޑުއެއްސެވުމަށް، ރައްޔިތުންގެ ގާތަށް ރައީސް ޑރ. މުޢިއްޒު ކުރެއްވި ދަތުރުފުޅަކީ އެ މަނިކުފާނުގެ މުރާލިކަމާއި، ސާދާކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމަށާއި، ރައްޔިތުން އެދޭގޮތަށް، ލާމަރުކަޒީ އުޞޫލުން ވެރިކަން ކުރެއްވުމަށް އެ މަނިކުފާނު ދެއްވާ ސަމާލުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނު ތާރީޚީ ދަތުރުފުޅެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

”ދަތުރުފުޅުން އެންމެ ބޮޑަށް ހާމަވީ ރައީސް ޑރ. މުޢިއްޒަށް ރަށްރަށުގައި އިތުރުވަމުންދާ އިޙުތިރާމާއި، ލޯތްބާއި، ތާއީދު. ރައީސްގެ އަރިހުގައި ހުރިހާ އަތޮޅަކަށް ދަތުރުކުރި އިރު ފާހަގަވީ ޤައުމަށް ހެޔޮ ބަދަލު ގެންނެވުމަށް ރައީސްގެ ހިތްޕުޅުގައި އުފެދިފައިވާ ޝައުޤުވެރިކަން. މިއީ ޙަޤީޤަތުގައި ވެސް އުންމީދީ ރައީސެއް.“

މިނިސްޓަރ ވިދާޅުވީ ރައީސް ޑރ. މުޢިއްޒު ތަފާތު ފިކުރުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުންތަކުން ސާބިތުކޮށްދެއްވީ ކެތްތެރިކަމާއި، އެހެން މީހުންގެ އިޙުސާސްތަކަށް އިޙުތިރާމް ކުރާ މިންވަރު ކަމަށެވެ. އިތުރަށް ވިދާޅުވީ އެއްވެސް ބައްދަލުވުމެއްގައި ޗެލެންޖު ކުރުމެއް ނުވަތަ ގޮތް ދޫ ނުކުރުމެއް ނުވަތަ ޖަދަލު ކުރުމުގެ އެއްވެސް ޙާލަތެއް މެދުވެރި ނުވެ، ރާއްޖޭގެ ހުރިހާ ރަށެއްގައި ބައްދަލުވުންތައް ކުރިއަށްގެންދަވައިފައިވަނީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ކ. ތުލުސްދޫއަށް އިއްޔެ ކުރެއްވި ޒިޔާރަތާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި، ސިޓީތަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި މި ވަނީ ވަޑައިގެންފައެވެ. މި މުއްދަތުގައި އެ މަނިކުފާނު ވަނީ 63 ރަށަކަށް 2 ވަނަ ފަހަރަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ.

ރައީސް ޑރ. މުޢިއްޒު، އެންމެ 23 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަކީ، މި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެކެވެ.

ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް ޢިމާރާތްތަކާއި، ސުކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް، ޚުދު އެ މަނިކުފާނު އެ ތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އެ ތަންތަނުގެ މުވައްޒަފުންނާއި، ޚިދުމަތް ހޯއްދަވައި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ، ޚިޔާލު ބަދަލުކުރައްވައި ހެއްދެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.