އަންނަ ނޮވެންބަރުން ފެށިގެން ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވަނީ

މި ހިނގާ 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފާދިއްޕޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ސިވިލް ސާރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް ރާއްޖޭގެ ހުރިހައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ވެސް ގިންތިކުރައްވާނެ ކަމަށާއި، ކައުންސިލުތަކަކީ މިހާތަނަށް އައިއިރުވެސް ވަރަށް ދަށް ގްރޭޑަކުން ގިންތި ކުރެވިފައިވާ އިދާރާތަކެއްކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގްރޭޑު ހަތަރަކުން ތިނަކަށް ބަދަލުކޮށް، އަންނަ މަހު ސިވިލް ސާވިސްގެ މުވައްޒަފުންނާއެކު ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާ އިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒްކޮށް މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ މުވައްޒަފުންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑު ނުވެ ތިބި މީހުންގެ މުސާރަ އަންނަ ނޮވެމްބަރު 1 އިން ފެށިގެން ބޮޑުކުރަން ނިންމައިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އައުމަކީ، ލާމަރުކަޒީ ނިޒާމުގެ ތެރޭން ކައުންސިލުތަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުވުމަށް މަގުފަހިވާނެ ކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.