ސްޓެލްކޯގެ ތުލުސްދޫ އެކަޑެމީގައި އެމް.އެން.ޔޫގެ ޕްރޮގްރާމަތައް ފެށުމަށް ފަހުމުނާމާގައި ސޮއިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ކ.ތުލުސްދޫގައި ޤާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ޕްރޮގްރާމްތައް ހިންގުމަށް ދެ ފަރާތުން ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވައިފަ އެވެ.

މި އެއްބަސްވުމުގައި، ސްޓެލްކޯގެ ފަރާތުން ސޮއިކުރައްވައިފައި ވަނީ އެ މުވައްސަސާގެ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަމާހް ރަޝިދެވެ. އަދި އެމް.އެން.ޔޫގެ ފަރާތުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމުގެ ސަބަބުން ކ.ތުލުސްދޫގެ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑެމީގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެކުލައިވަލާފައިވާ ކަންރަންޓު މަސައްކަތްތަކާއި ގުޅޭ މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމުގެ ފުރުޞަތުތައް ފަހިވެފެންދާނެއެވެ. މިފަދަ އެއްބަސްވުންތަކަކީ އަތޮޅުތެރޭގެ ރަށްރަށުގައި މަތީ ތަޢުލީމާއި ތަމްރީނު ފުޅާކޮށް، އެންމެނަށް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމުގެ އިތުރުން ދިވެހިރާއްޖެއަށް މުހިއްމު ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.