
ބޭންކުގެ ފައިސާހުރި ސޫޓްކޭސްއެއް އެއާޕޯޓްއިން ފޭރިގެންފި
މޫނުނިވާކޮށްގެން ތިބި ބަޔަކު ބޭންކުގެ ފައިސާހުރި ސޫޓްކޭސްއެއް އެއާޕޯޓްއިން ފޭރިގެންފި އެވެ.
މީޑިއާތަކަށް މަޢުލޫމާތު ހިއްސާ ކުރަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ ފަތިހު 4:25 ހާއުރު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ސޫޓްކޭހުގައި ހުރީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެވެ ނުވެ އެވެ. އަދި މި ހާދިސާއާއިބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއް ނުވެއެވެ.
މިމައްސަލަ ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގް ކުރަމުންނެވެ.



