ކަނޑައެޅިގެން ވަކި މީހަކީ ސުވަރުގެވަންތަވެރިއެއް ކަމުގައި ނުވަތަ ނަރަކަވަންތަވެރިއެއް ކަމުގައި ބުނުމަކީ ކޮންކަހަލަ ކަމެއް

ނޯޓް: މިލިޔުމަކީ ދީސަލަފިއްޔާއިން ނަކަލު ކޮށްފައިވާ ލިޔުމެކެވެ.

 

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކީރިތި ޤުރުއާނާއި ސުންނަތުގައި ކަނޑައެޅިގެން މިވެނި މީހަކީ ސުވަރުގެވަންތަވެރިއެއް ކަމުގައި ނުވަތަ ނަރަކަވަންތަވެރިއެއް ކަމުގައި ވާރިދުވެފައި ނުވާނަމަ، ޤިބުލައިގެ އަހުލުވެރިއަކާ ދިމާއަށް (އެބަހީ: މުސްލިމަކާ ދިމާއަށް) ކަނޑައެޅިގެން އޭނާއަކީ ސުވަރުގެވަންތަ ވެރިއެކޭ ނުވަތަ ނަރަކަވަންތަވެރިއެކޭ ބުނުމެއް ނުވެ އެވެ. އެހެނަސް ރަނގަޅު މީހުންނަށް ހެޔޮގޮތް މެދުވެރިވާނޭކަމަށް އުންމީދުކުރާނީއެވެ. އަދި ފާފަވެރިންނަށް ޢުޤޫބާތް ޙައްޤުވާނެކަމަށް ބިރުވެތިވާނީ އެވެ.

* ކާފިރުންގެ ތެރެއިން އިސްލާމްދީނުގެ ޚަބަރު އެނގި، އެމީހެއްގެ މައްޗަށް ޙުއްޖަތް ޤާއިމުވުމަށް ފަހުގައި، ކުފުރުގެ މަތީގައި މަރުވާ މީހާއާ މެދު ދަންނަ އެވެ. އެފަދަ މީހަކީ ނަރަކަވަންތަވެރިންގެ ތެރެއިންވާ މީހެއް ކަމާ މެދުގައި ޝައްކެތް ނެތެވެ. މިސާލަކަށް އެމީހެއްގެ މުޅި ޙަޔާތުގައި ނަޞާރާއެއްގެ ގޮތުގައި އުޅެފައި މަރުވާ މީހާ އޭނާ މަރުވުމަށް ފަހުގައިވެސް ދެކެން ޖެހޭނީ އެއީ ނަރަކަވަންތަވެރިއެއް ކަމުގަ އެވެ. އެހެނީ އެފަދަ މީހުންގެ އަޞްލަކީ އެމީހުން ނަރަކައަށް ދިޔުމެވެ.

* އަދި މުސްލިމަކު ކުފުރުގެ ބަހެއް ބުނެފިނަމަ ނުވަތަ އޭނާ ކުފުރުގެ ޢަމަލެއް ކޮށްފިނަމަ، ކަނޑައެޅިގެން އެމީހެއްގެ މައްޗަށް ޙުކުމްކުރާނަމަ އޭނާގެ ކިބައިގައި ކާފިރުވުމުގެ ޝަރުޠުތައް ހަމަވެ، އެ ޙުކުމް އޭނާގެ މައްޗަށް ކުރުން މަނާކުރާ ކަންތައްތައް ނަފީވިތޯ ކަށަވަރު ކުރަން ޖެހޭނެ އެވެ.

މުސްލިމުންގެ ތެރެއިން ވަކިވަކި ފަރުދުންގެ މައްޗަށް ކާފިރުކަމުގެ ޙުކުމްކުރުމީ ނަބިއްޔާ صلى الله عليه وسلم އެކަމާ މެދުގައި އިންޛާރުދެއްވާފައިވާ ކަމެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.

«أَيُّمَا رَجُلٍ قَالَ لِأَخِيهِ يَا كَافِرُ، فَقَدْ بَاءَ بِهَا أَحَدُهُمَا» [رواه البخاري (6104)]

މާނައީ: “މީހަކު އެމީހެއްގެ (މުސްލިމު) އަޚާއާ ދިމާއަށް “އޭ ކާފިރުމީހާ” އޭ ބުނެފިނަމަ ދަންނައެވެ. އޭގެ ތެރެއިން އެކަކަށް އެކަން ރައްދުވެގެންދާނެއެވެ.”

* ޝަރުޢީ ނައްޞުތަކުގައި ބައެއް މީހުންނަކީ ކާފިރުންކަމުގައި ބަޔާންކުރައްވާފައިވެ އެވެ. މިސާލަކަށް: އަބޫ ލަހަބަކީ ކާފިރެއްކަމަށާއި އޭނާއަކީ ނަރަކަވަންތަވެރިއެއްކަމުގައި ކީރިތި ޤުރުއާނުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައިވެ އެވެ. އެހެންކަމުން އެފަދަ މީހެއްގެ ކުފުރާ މެދުގައި ޝައްކުކޮށްގެން ނުވާނެ އެވެ.

* ރަސޫލާ صلى الله عليه وسلم ވަނީ ބައެއް ބޭކަލުންނަށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާ، އެބޭކަލުންނަކީ ސުވަރުގެވަންތަވެރިންކަމުގައި ބަޔާންކުރައްވާފަ އެވެ. އެއީ ވަޙީގެ ޛަރީޢާއިން އެކަލޭގެފާނަށް އެނގިވަޑައިގެންފައިވާތީ، އެކަލޭގެފާނު ބަޔާންކުރައްވާފައިވާ ކަމެކެވެ. އެފަދައިން އެކަލޭގެފާނު ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރުދެއްވާފައިވާ ބޭކަލުންނަކީ ކަނޑައެޅިގެން ސުވަރުގޭގެ އަހުލުވެރިންކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެއެވެ. އެކަލޭގެފާނުވަނީ އެއް ޙަދީޘެއްގައި ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު 10 ބޭކަލަކަށް ދެއްވާފަ އެވެ. އެއީ:

1) أبو بكر الصديق.

2) عمر بن الخطاب.

3) عثمان بن عفان.

4) علي بن أبي طالب.

5) طلحة بن عبيد الله.

6) الزبير بن العوام.

7) سعد بن أبي وقاص.

8) سعيد بن زيد.

9) عبد الرحمن بن عوف.

10) أبو عبيدة عامر بن الجراح.

* ރަސޫލާ صلى الله عليه وسلم ވަނީ އިސްވެ ބަޔާންވެ ދިޔަ ބޭކަލުން ނޫން އެހެން ބޭކަލުންތަކަކަށްވެސް އެބޭކަލުން ސުވަރުގެ ވަންނާނޭ ކަމުގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފަ އެވެ. އެގޮތުން ޙަސަނުގެފާނާއި ޙުސައިނުގެފާނަކީ ސުވަރުގެވަންތަވެރިންކަމުގައި އެކަލޭގެފާނުވަނީ ބަޔާންކުރައްވާފަ އެވެ. އަދި އެ ނޫން ބޭކަލުންގެ ނަންތައްވެސް ނުވަތަ ޞިފަތައްވެސް އެކަލޭގެފާނު ވަނީ ބަޔާންކުރައްވާފައެވެ. އޭގެ ތެރޭގައި ބަދުރު ހަނގުރާމައިގައި ބައިވެރިވި ބޭކަލުންނާއި  ބައިޢަތުއް ރިޟްވާނުގައި ބައިވެރިވި ބޭކަލުން ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.