ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ޤާއިމް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ލ.މާވަށުގައި 10 ޓަނުގެ އައިސްޕްލާންޓު ގާއިމް ކުރުމަށް މިފްކޯއާއި އެކު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މާވަށުގައި ގާއިމްކުރާ 10 ޓަނުގެ އައިސްޕްލާންޓައި 20 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓި ގެ މަސައްކަތް ފެށުމަށް އެއްބަސވްުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނު މިހާރު ލ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އެއްބަސްވުމުގައި ވުޒާރަގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމްއެވެ. އަދި މިފްކޯގެފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓު ޔުނިޓްގެ މެނޭޖަރ މުހައްމަދު ޝަމީމްއެވެ.

މަވަށުގައި ގާއިމް ކުރަ 10 ޓަނުގެ އައިސް ޕްލާންތުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ އަދި މާވަށުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ އެވެ.

އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެ އެވެ.

މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.