އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން، އެމްޕީއެލް މުވައްޒަފުންނަށް ”ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ“ ހިންގައިފި

އެމްއެންޑީއެފް ކޯސްޓްގާޑް ޓްރެއިނިންގ ސްކޫލުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، ”ސެޓިފިކެޓް ލެވެލް 1 އިން ޕޯޓް ސެކިޔުރިޓީ ޓްރެއިނިންގ“ ހިންގައިފިއެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބަންޑާރަކޮށީ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ކެޕްޓަން ޢަބްދުއްލަޠީފް މުޙައްމަދެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސެޕްޓެންބަރު 15ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު 19ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ކޯސް، އެމްޕީއެލްގެ 29 މުވައްޒަފަކު ވަނީ ފުރިހަމަކޮށްފައެވެ. މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދިން ބައިތަކުގެ ތެރޭގައި، ފަޔަރ ސޭފްޓީ އެންޑް އިމަޖެންސީ މެނޭޖްމަންޓް، ސެލްފް ޑިފެންސް އެންޑް ރެސްޓްރެއިންޓް ޓެކްނީކްސް، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީޒް ސެކިޔުރިޓީ (އައިއެސްޕީއެސް) ކޯޑް، ސޭފްޓީ އިން ވޯކިންގ އެންވަޔަރަމަންޓް، ފަސްޓް އެއިޑް، ފިޒިކަލް ޓްރެއިނިންގ އެންޑް ވޯޓަރމަންޝިޕް، ކޮމިއުނިކޭޝަން، ސެކިޔުރިޓީ ޓެކްނީކްސް އެންޑް ޕްރޮސީޖަރސް އަދި އެޓިޓިއުޑް ހިމެނެއެވެ.

މި ތަމްރީނު ޕްރޮގްރާމަކީ، ސީ ޕޯޓް ސެކިޔުރިޓީގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ ޕްރައިވެޓް ސެކްޓަރގައި ހަރުދަނާ ސެކިޔުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. މި ކޯހުގައި ކިޔަވައިދިނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެކި ދާއިރާތަކުގެ ސިފައިންނެވެ.

މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމާއި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދާއި، އެމްޕީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ރިޝްވާންއާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.