
ހުރާގެ ސަރަހައްދެއް ފުޑް ސެކިއުރިޓީއަށް ޚާއްސަ ކުރަނީ
ކ. ހުރާގެ ވަކި ސަރަހައްދެއް ފުޓްސެކިއުރީއަށް ޚާއްސަ ކުރުމާއި ގުޅޭގޮތުން އެރަށުގެ ކައުންސިލާއި، މި ވުޒާރާއާއި އެކު މަޝްވަރާތަށް ކޮށްފި އެވެ.
ހޯމަ ދުވަހު މި ވުޒާރާގައި މިކަމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާތަކުގައި ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވި އެވެ.
އަދި ކ. ހުރާ ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އަދި މެންބަރުންނާއި އިދާރީ މުވައްޒަފަކު ބައިވެރިވި އެވެ.
މި ބައްދަލުވުމުގައި ހުރާގައި ފުޑް ސެކިއުރިޓީއަށް ވަކި ސަރަހައްދެއް ގާއިމްކުރުމަކީ، އެރަށު ކައުންސިލުންވެސް ޝައުގުވެރިކަން ހުރިކަމެއްކަމަށާއި، އެކަމަށް ދެވޭނެ ހުރިހާ އެއްބާރުލުމެއް ކައުންސިލްގެ ފަރާތުން މި ވުޒާރާއަށް ދެއްވާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އެގޮތުން އެރަށުން އެކަމަށް ބިމެއް ކަނޑައަޅުއްވާ، ވަރަށް އަވަހަށް ވުޒާރާއަށް ދިނުމުގެ ހުއްދަތަކަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް ހުށައަޅާނެކަމަށް ވިދާޅިވި އެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފުޑްސެކިއުރިޓީއަށް އަދުގެ ސަރުކާރުން ނުހަނު އިސްކަން ދެއްވާކަން ފާހަގަކުރެއްވިއެވެ އެގޮތުން އެކަމަނާ ވިދާޅުވީ ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ އިދާރާއަކުންވެސް، އެކަމަށް ބޭނުންވާ ހުއްދަތަކާއި، އެހެނިހެން ކަންކަން ހަމަޖެއްސައިދެއްވުމުގައި އިހުނަަށްވުރެ އިސްކަންދެއްވަވާ، ކަންކަން އަވަސްކޮށްދެއްވާކަމަށެވެ.
އަދި މާލެ ސަރަހައްދުގައި މިފަދަ ބިމެއް ޚާއްސަވެފައި އޮތުމަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށާއި އިޤްތިޞާދަށް މަންފާކުރާނެކަމެއްކަން ފާހަގަ ކުރައްވާފައިވެ އެވެ.