
އެއްފަހަރާ އެންމެ ގިނަމީހުން ސްނޯކަލްކުރި ދުނިޔޭގެ ރެކޯޑު ރާއްޖެއަށް
އެއްފަހަރާ އެންމެ ގިނަމީހުން ސްނޯކަލްކުރި ދުނިޔޭގެ ގިނަސް ވޯލްޑް ރެކޯޑު ރާއްޖެއިން މުގުރާލައިފިއެވެ.
ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ގިނަ ތަންތަނުގައި އެއްފަހަރާ އެންމެ ގިނަ މީހުން ސްނޯކަލްކުރި ކަމުގެ ދުނިޔޭގެ ރެކޯޑު ރާއްޖެއިން މުގުރާލާފައި ވަނީ، ބާނީ އިވެންޓް 2025 ގަ އެވެ. އަދި މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ބޮޑު އަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީއެކެވެ.
މި ރެކޯޑު ހަދާފައިވަނީ މާލެސިޓީ ކައިރީގައިވާ ވިލިނގިލިފަޅު ފިނޮޅުގައެވެ. އަދި މި އިވެންޓުގައި 623 ބައިވެރިން އެއްފަހަރާ ސްނޯކަލްކޮށްފައި ވެއެވެ.
މި ކާމިޔާބީ ވެގެންގޮސްފައި ވަނީ، ރާއްޖެއަށް ދުނިޔޭގެ ފެންވަރުގެ ބޮޑު ކާމިޔާބީއަކާއި ސަމާލުކަމެއް ލިބުނު ކަމެއް ކަމުގަ އެވެ.