އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ރައީސް ޑރ. މުޢިއްޒު

އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށާ، ކުރިއަށް އޮތް ދުވަސްތަކަކީ އެކަމުގެ އިޙްސާސް، ސީދާ ރައްޔިތުންނަށްވެސް ކުރެވިގެންދާނެ ދުވަސްތަކަކަށް ވާނެކަން ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ށ. ކޮމަންޑޫގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެކި ދާއިރާތަކުން އިޤްތިޞާދު ސިންދަފާތުކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން އެމަނިކުފާނުވަނީ، ހުރިހާ ދާއިރާއަކުންވެސް ދިވެހި އިޤްތިޞާދު ފުޅާކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިލަދުންމަޑުލު އުތުރުބުރިއަށް ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި ލުއި ލިބޭނެ އުސޫލުން އިންވެސްޓަރުންނަށް ފުރުޞަތުތައް ފަހިކޮށްދެއްވާފައިވާކަމަށާއި، އެއަރޕޯޓްތައް ތަރައްޤީކުރެއްވުމަކީ އިންވެސްޓްރުންނަށް އިތުރު ޔަޤީންކަން ލިބިގެންދާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ފަތުރުވެރިކަން ފުޅާވެގެންދިއުމާއެކު ޒުވާނުންނަށް ރަށާ ކައިރިން ވަޒީފާ ހަމަޖެހިގެންދާނެ ކަމަށާ، މިފަދަ ކަންކަމަކީ ގުޅިލާމެހިފައިވާ ކަންތައްތަކެއްކަން ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު، ށ. އަތޮޅުގައި މަސްވެރިކަން އަލުން އާލާކުރުމުގެ މަޤްޞަދުގައި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިރޭގެ ޖަލްސާގަ އެވެ.

މިފަދަ ފުރުޞަތުތައް ހުޅުއްވާލައްވަނީ ރާއްޖޭގެ އިޤްތިޞާދު، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އިޤްތިޞާދު ފުޅާކުރެއްވުމުގެ މަޤްޞަދުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ވަކި ތަރުތީބަކުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.