
ކަސްޓަމްސް އޮފިސަރުންނަށް މަސައްކަތު ބައްދަލުވުމެއް ބާއްވައިފި
ކަސްޓަމްސް އޮފިސަރުންނަށް އަމާޒުކޮށްގެން، ކެމިކަލްތަކާއި ނުރައްކާތެރި ކުނި ޤައުމަށް އެތެރެކުރުން ހުއްޓުވުމާއި، އެފަދަ ތަކެތި ދެނެގަތުމާއި، އަދި އެތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމާ ގުޅޭގޮތުން ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
މި ތަމްރީނު މަސައްކަތު ބައްދަލުވުމަކީ ގްލޯބަލް އެންވަޔަރަންމަންޓަލް ފެސިލިޓީގެ އެހީގައި އަދި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އެހީތެރިކަމާއެކު މިނިސްޓްރީން ކުރިއަށްގެންދާ ”އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް“ މަޝްރޫޢު (އައިލެންޑްސް ޕްރޮޖެކްޓް) ގެ ދަށުން ހިންގޭ ހަރަކާތެކެވެ.
މި ތަމްރީނު މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތަކާއި ކުނި ތަކުގެ ނުރައްކަލުން ތިމާވެއްޓާއި ރައްޔިތުން ރައްކާތެރިކުރުމެވެ.