
ސްރީލަންކާ އަށް ދަތުރުކުރާ ދިވެހިންގެ ސަމާލުކަމަށް
ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 އޮކްޓޯބަރ 2025 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން ”އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA)“ އެއް ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ ހަމަޖައްސާފަ އެވެ.
މިގޮތުން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް، ފުރުމުގެ ކުރިން (48 ގަޑިއިރާއި 24 ގަޑިއިރު ދެމެދު) މި ފޯމް ފުރިހަމަކުރަން ޖެހެ އެވެ.
https://eta.gov.lk/slvisa
މީގެ ސަބަބުން، ސްރީލަންކާއިން ދިވެހިނަށް ވިސާ ދިނުމަށް ހަމަޖެހިފައިވާ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވެ އެވެ.
އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ ”އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުއްވުމަށް އިލްތިމާސް ކުރަމެވެ.