ލ. ގަމުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ޙަރަކާތެއް ހިންގައިފި

ލ. ގަމުގައި، ދިވެހިރާއްޖޭގައި 5 މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫޢުގެ ދަށުން ގަސް އިންދުމުގެ ޚާއްސަ ޙަރަކާތެއް ވަނީ ހިންގާފައެވެ.

މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ފަރާތުން ލ. ގަން ކައުންސިލާއި ގުޅިގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޙަރަކާތުގެ ތެރެއިން، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ފަރާތުން 200 ގަސް ލ. ގަން ކައުންސިލަށް ވަނީ ހަދިޔާކުރެވިފައެވެ.

މި ގަސްތައް ގަމުގެ އެކި ހިސާބުތަކުގައި އިންދުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ގަސްގަހާގެހި ގިނަކޮށް، ރަށްތައް ރީތިކުރުމެވެ.

ލ. ގަމުގައި މިއަދު ހިންގުނު މި ޙަރަކާތަކީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ގަސް އިންދުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގުނު ޙަރަކާތެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.