ފްލޯޓިލާގައި ދަތުރުކުރި މެލޭޝިއާގެ ހުރިހާ ބައިވެރިން ދޫކޮށްލައިފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ފްރީޑަމް ފްލޮޓިލާގައި ބައިވެރިވި މެލޭޝިއާގެ ރައްޔިތުންނާއެކު ވީޑިއޯ ކޯލެއް ކުރައްވަނީ

ގްލޯބަލް ސުމުދް ފްލޮޓިލާގައި ބައިވެރިވި މެލޭޝިއާގެ ހުރިހާ ބައިވެރިން މިހާރު ދޫކޮށްލާފައިވާ ކަމަށް އެޤައުމުން ބުނެފިއެވެ.

މެލޭޝިއާގެ ޚާރިޖީ ވުޒާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިންސާނިއްޔަތު ކަމުގެ ދަތުރެއްގައި އެހީގެ ތަކެއްޗާއެކު ޣައްޒާއަށް ދަތުރުކުރި ފްރީޑަމް ފްލޮޓިލާ ކޯލިޝަން (އެފް،އެފް،ސީ) އަދި ތައުސަންޑް މެޑްލީންސްގައި މެލޭޝިއާއިން ބައިވެރިވި އެގައުމުގެ 9 ބައިވެރިން ވަނީ ހައްޔަރުން ދޫކޮށްލާފައި ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިމީހުން ދޫކޮށްލާފައި ވަނީ ފާއިތުވި ހުކުރު ދުވަހު އެވެ. އެމީހުން ވަނީ އިޒްރާއީލުން ބޭރުކޮށްފައި ކަމަށާއި، ތުރުކީ އެއާލައިންސްގައި އިސްތަންބުލްއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އަދި އެތަނުން މެލޭޝިއާއަށް އައުމުގެ ކުރިން އެމީހުންގެ ސިއްޙީ ދުޅަހެޔޮކަން ޔަޤީން ކުރުމަށް މެޑިކަލް ޗެކަޕްއެއް ހެދޭނެ ކަމަށް ވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މެލޭޝިއާގެ ބައިވެރިން އިޒްރާއީލްގެ ހައްޔަރުން ސަލާމަތްކޮށް، ފަސޭހަކަމާއެކު ގައުމަށް ގެނައުމުގައި ތުރުކީއާއި އެހެން ބައިވެރިން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް، މެލޭޝިއާއިން ޝުކުރު އަދާކޮށްފައިވެ އެވެ.

މެލޭޝިއާއަކީ އިޒްރާއީލުން ފަލަސްތީންގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާއާއި ހިންގަމުންދާ ޤަތުލުއާންމުއާއި ފާޅުގައި ދެކޮޅުހަދައި، އަދި ފަލަސްތީންގެ އަމިއްލަ ދައުލަތެއް ޤާއިމް ކުރުމަށް ތަރުހީބުކޮށް، އިޒްރާއީލުން ފަލަސްތީންގެ ބިންތައް ހިފުމާއި ދެކޮޅުހަދައި ޤައުމެކެވެ.

އަދި އެޤައުމުން އިޒްރާއީލްއަކީ ޤައުމެއްކަމުގައި ބަލައިގަތުމާއި ދެކޮޅުހަދައި، ޑިޕްލޮމެޓިކް ގުޅުންވެސް ޤާއިމްކޮށްފައެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.