މިނިސްޓަރު ޠާރިޤު އެމް.އައި.ބީ.އެމް.ވީ. ގެސްޓްހައުސް ސިމްޕޯޒިއަމް 2025 ހުޅުއްވައިދެއްވައިފި

މޯލްޑިވްސް އިންޑަސްޓްރީ އޮފް ބިޒްނަސް އެންޑް މެނޭޖްމަންޓް (އެމް.އައި.ބީ.އެމް.ވީ.) ގެސްޓްހައުސް ސިމްޕޯޒިއަމް 2025، ކްރޮސްރޯޑްސް މޯލްޑިވްސްގައި ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވެ.

މި ސިމްޕޯޒިއަމް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސިމްޕޯޒިއަމްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާ ގުޅުންހުރި ވިޔަފާރިތައް އެއްތަނަކަށް އެއްކޮށް، މި ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމަށްޓަކައި އީޖާދީ ގޮތްތައް ހުށަހަޅައި، އެފަދަ ކަންކަން ހާމަކުރުމަކީ ވެސް މި ސިމްޕޯޒިއަމްގެ މުހިއްމު ބައެކެވެ.

މި ސިމްޕޯޒިއަމްގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ، ޚާއްޞަގޮތެއްގައި ގެސްޓްހައުސް އިންޑަސްޓްރީ، ކުރިއެރުވުމަށް އެތައް ފައިދާތަކެއް ލިބިގެންދާނެކަމަށް ލަފާކުރެވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.