
ކެންގަރޫ ކިޑްސް ބިލަބޮންގް ދަރިވަރުން، ހިތަދޫ ފަޔަރ ސްޓޭޝަނަން ޒިޔާރަތްކޮށްފި
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ކެންގަރޫ ކިޑްސް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ސްޓަރ ދަރިވަރުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި އެވެ.
މިއަދު ކެންގަރޫ ކިޑްސް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުން ކުރި ޒިޔާރަތުގައި، އެ ސްކޫލުގެ 11 ސްޓަރ ދަރިވަރުންނާއި ދެ ޓީޗަރުން ބައިވެރިވެލެއްވި އެވެ.
މި ޒިޔާރަތުގައި، ދަރިވަރުންނަށް ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މަޢުލޫމާތާއި، އަލިފާން ނިއްވުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޅަނދުތަކުގެ މަޢުލޫމާތު ފޯރުކޮށްދީ، އެ ތަކެތި ބޭނުންކުރާ ގޮތްތައް ދައްކާލާފަ އެވެ.



