”ކުރިމަގު ސައްލާ“ %50 ރަށަށް ދަތުރުކޮއްފި

ޤައުމީ ތަރައްގީގެ ޕްލޭނަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެށި ”ކުރިމަގު ސައްލާ“ ބައްދަލުވުުންތައް %50 ރަށުގައި ބާއްވައިފި

ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ ޕްލޭން ”ވިލުންތެރި ރާއްޖެ 2045“ އަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށްގެންދާ ”ކުރިމަގު ސައްލާ“ ގެ ބައްދަލުވުންތައް އިއްޔެގެ ނިޔަލަށް ރާއްޖޭގެ %50 ރަށުގައި ބާއްވައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކުގެ ހުރިހާ ރަށަކަށް ދަތުރުކޮށް ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު އެއްކުރުމަށް ކުރިއަށްގެންދާ ރައްޔިތުންގެ ބައްދަލުވުން ”ކުރިމަގު ސައްލާ“ ގެ ބައްދަލުވުންތައް ފެށީ މިދިޔަ މަހުގެ 5 ގައި ކ.ގުރައިދޫންނެވެ.

”ވިލުންތެރި ރާއްޖެ 2045“ ގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ކުރާ ”ނެކްސިޔާ މޯލްޑިވްސް“ އިން ބުނީ، މިހާތަނަށް 9 އަތޮޅެއްގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު އެއްކޮށްފައިވާނެ ކަމަށެވެ. އެއީ އައްޑޫ ސިޓީ އާއި، ފުވައްމުލަކު ސިޓީގެ އިތުރަށް، ގދ.އަތޮޅާއި ހއ.އަތޮޅާއި ވ.އަތޮޅާއި އދ. އަތޮޅާއި މ. އަތޮޅާއި ޅ. އަތޮޅު އަދި ލ. އަތޮޅެވެ.

”ކުރިމަގު ސައްލާ“ ގެ ބައްދަލުވުންތައް މިހާރުވެސް ހަ އަތޮޅެއްގައި ކުރިއަށް އެބަދެއެވެ. އެއީ ގއ. ލ. އއ. ނ. ރ އަދި ބ. އަތޮޅެވެ.

މުޅި ރާއްޖޭގައި އެއްފަހަރާ ކުރިއަށްގެންދާ ”ކުރިމަގު ސައްލާ“ ބައްދަލުވުންތައް މިހާތަނަށް 50 އިންސައްތަ ރަށުގައި ބޭއްވިފައިވާއިރު، ދެން ބާކީ ހުރި އަތޮޅުތަކުގައި ބައްދަލުވުންތައް ފެށުމަށް ވަނީ ތާވަލް ކޮށްފަ އެވެ.

އެގޮތުން ބައްދަލުވުންތައް ދެން ފަށާނެ އަތޮޅު ތަކަކީ، ށ. ފ. ތ. ހދ. ގެ އިތުރަށް މާލެ ސިޓީ އެވެ.

ޤައުމީ ތަރައްޤީގެ ޕްލޭން ”ވިލުންތެރި ރާއްޖެ 2045“ އަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދާ ”ކުރިމަގު ސައްލާ“ ބައްދަލުވުންތަކުގައި ސިޓީ އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރުގެ އިދާރާތައް ތަމްސީލްކުރައްވާ ފަރާތްތައްވެސް ހިމެނޭހެން ހުރިހާ ރައްޔިތުންގެ ބައިވެރިވުން ހޯދައި ޚިޔާލާއި މަޝްވަރާ ގެންދަނީ އެއްކުރަމުންނެވެ.

ފުރިހަމަ ދުރުރާސްތާ ޕްލޭނެއްގެ މުހިންމުކަން ރާއްޖެއަށް ބޮޑުވެފައިވާއިރު، ”ވިިލުންތެރި ރާއްޖެ 2045“ އަކީ ކުރީގެ ރައީސް މައުމޫން އިއުލާންކުރެއްވި 20،20 ގެ ތަސައްވުރުގެ ފަހުން، ސަރުކާރަކުން މިހާތަނަށް އިއުލާންކުރި އެންމެބޮޑު ޤައުމީ މަޝްރޫއު އެވެ. 20،20 ތަސައްވުރުގެ ދުރުރާސްތާ ޕްލޭންގެ ދަށުންވެސް ރާއްޖެއަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާއިރު، މިފަދަ ދުރުރާސްތާގެ ޕްލޭނެއް ރާއްޖެއަށް މުހިންމުކަން ދޭހަކޮށްދެ އެވެ.

މި ބައްދަލުވުންތަކުގައި ރައްޔިތުން ދޭ ޚިޔާލާއި މަޝްވަރާ އެއްކޮށް، އެ މަޝްވަރާތަކުގެ އަލީގައި ”ވިލުންތެރި ރާއްޖެ 2045“ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލައި، ކުރިއަށްއޮތް 20 އަހަރު ރާއްޖެ އޮންނަން ރައްޔިތުން ބޭނުންވާގޮތުގެ ތަސައްވުރު އެކުލަވާލައި، އެއަށް ޤާނޫނީ ބާރުވެރިކަން ލިއްބައިދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.